ވެނެޒުއޭލާގެ ރައީސް ވަގަށް ނެގުމަށްފަހު ޓްރަމްޕް ވިދާޅުވީ، އެގައުމުގެ ތެޔޮވަޅުތައް ވެސް އަތުލާނެ ކަމަށް!

ދަޕްރެސް

4 ޖެނުއަރީ 2026 | އާދިއްތަ | 8:51

ވެނެޒުއޭލާއިން އެމެރިކާއަށް މަސްތުވާތަކެތި ސްމަގްލް ކުރާ ކަމުގެ ތުހުމަތާއި އެކަމުގައި ވެނެޒުއޭލާގެ ރައީސް ނިކޮލަށް މަޑޫރޫ ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ މަޑޫރޯ ވަގަށް ނަގައިގެން އެމެރިކާއަށް ގެންގޮސްފިއެވެ.

ނިއުލޭންޑްގުގެ ކަރަކަސްގައި ހުންނަ މަޑޫރޯގެ ކަނޑުވަރަށް ދަންވަރުގެ ވަގުތުގައި އެމެރިކާގެ ޑެލްޓާ ފޯސް ސިފައިން މަތިން ފައިބާ، މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޯރެސް ވަގަށް ނަގައިގެން ގެންދިޔުން، އެއީ ފިލްމެއްގެ މަންޒަރެއްގެ ގޮތުގައި ސިފަކުރައްވައި ޓްރަމްޕް ވިދާޅުވީ، މަޑޫރޯއާހުރެ އެމެރިކާ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައި ވާ ކަމަށެވެ. އެހެން ކަމުން އޭނާ ހިފާ ހައްޔަރު ކުރުމަކީ ޖާއިޒު ކަމެއް ކަމަށާއި އޭނާގެ މައްޗަށް އެމެރިކާގެ ނިއުޔޯކުގައި ޝަރީއަތް ހިންގާނެ ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ބޭނުން ކޮށްގެން އެމެރިކާ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުމގެ ދައުވާ އާއި، އެމެރިކާއަށް ކޮކެއިން އެތެރެ ކުރަން އުޅުމުގެ ދައުވާ އާއި، މަޑޫރޯ އަތްޕުޅުގައި މެޝިންގަނާއި ގެއްލުންދޭ ހަތިޔާރު ބެހެއްޓެވުމުގެ ދައުވާއާއި، އެމެރިކާ އާ ދެކޮޅަށް އެތަކެތި ބޭނުން ކުރައްވަން އުޅުއްވުމުގެ ދައުވާ ކުރާނެ ކަމަށެވެ.

އިތުރަށް ޓްރަމްޕް ވިދާޅުވީ، ވެނެޒުއޭލާއަށް އާ ރައީސަކު ކަނޑައެޅެންދެން އެގައުމު ހިންގާނީ އެމެރިކާއިން ކަމަށާއި، އެގައުމުގެ ތެލުގެ މުއްސަނދި ކަމުގެ ކޮންޓްރޯލްވެސް އެމެރިކާއިން ނަގާނެ ކަމަށެވެ.

މައުޟޫޢުތަށް