މަޑޫރޯ ވަގަށް ނަގަން ހިންގި އޮޕަރޭޝަނުގައި ވެނެޒުއޭލާގެ 40 މީހަކު މަރާލި!

ދަޕްރެސް

4 ޖެނުއަރީ 2026 | އާދިއްތަ | 9:19

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަގަށް ނެގުމަށް އެމެރިކާއިން ހިންގި އޮޕަރޭޝަނުގައި އެމެރިކާ ސިފައިން ދިން ކުއްލި ހަމަލާތަކުގައި ވެނެޒުއޭގެ 40 މީހަކު މަރުވެފައި ވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓު ކޮށްފިއެވެ.

މަޑޫރޯ ހުންނެވި ވެނެޒުއޭލާގެ ކަރަކަސް އަކީ ވަރުގަދައަށް ގާޑުކޮށް އެގައުމުގެ އަސްކަރިއްޔާއިން ބަލަހައްޓަމުން ދިޔަ ތަނެކެވެ. ނަމަވެސް އެމެރިކާގެ ސްޕެޝަލް ފޯސަލް (ޑެލްޓާ ފޯސް) އިން ކަރަކަސް އަށް ވަދެގަތުމަށްޓަކައި ކަރަކަސްގައި ގާއިމުވެ ތިބި ވެނެޒުއޭލާގެ ސިފައިންގެ މަގާމުތަކަށް ވައިގެ މަގުން ހަމަލާތައް ދިނެވެ. ވެރިރަށުގެ އެކި ސަރަހައްދުތަކަށް ހަމަލާތައް އަމާޒު ކޮށް އެމެރިކާއިން ބުނެފައި ވަނީ އެއީ ސިފައިންގެ މަގާމުތައް ކަމަށެވެ.

އެ ހަމަލާތަކުގެ ތެރޭގައި، ވައިގެ މަގުން އަސްކަރީ ހެލިކޮޕްޓަރުގައި ރިޔާސީ ގަނޑުވަރަށް ފައިބާ، މަޑޫރޯއާއި އަނބިކަނބަލުން ވަގަށް ނަގައިގެން ގެންދިޔައެވެ.

މައުޟޫޢުތަށް