ރައްޔިތުން ކުރާ މުޒާހަރާތަކުގައި އިތުރު މީހުން މަރާނަމަ އީރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ވިދާޅުއްޖެ
ދަޕްރެސް
4 ޖެނުއަރީ 2026 | އާދިއްތަ | 10:25
އިގްތިސޯދީ ގޮތުން އަނދަވަޅަކަށް ވެއްޓިފައިވާ އީރާނުގައި ދިރިއުޅުމުގެ އަގުތައް މަތިވެގެން އާންމު ރައްޔިތުން ކުރަމުން ދާ މުޒާހަރާތަކުގައި އިތުރު މީހުން މަރާނަމަ، ހަމަލާ ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އީރާނުގެ މުޒާހަރާތައް ހުއްޓުމެއް ނެތި ހަފްތާއަކަށް ދިގުލައިގެން ގޮސްފައި ވާ އިރު، މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގާ ކުރިމަލުންތަކުގައި މިހާތަނަށް 10 މީހަކު މަރުވެފައި ވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.
އީރާނުގެ އެތައް ސިޓީއެއްގައި މުޒާހަރާ ކުރިއަށް ދާއިރު ވެރިރަށް ތެހެރާނުގެ އާންމު ވިޔަފާރިވެރިން މަގުތަކަށް ނިކުތީ، އަގުތައް މަތިވެގެން ދިޔުމާއި ގައުމުގެ އިތުތިސޯދު ވަޅުޖަހަމުން ދާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ.