މަޖިލީހުގެ ދައުރުން ބޭރުން މާދަމާ ޖަލްސާއެއް ބާއްވަނީ
ދަޕްރެސް
4 ޖެނުއަރީ 2026 | އާދިއްތަ | 2:13
ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ބޭރުން ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
މާދަމާއަށް ތާވަލްކޮށްފައިވާ މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ގައެވެ.
މި ޖަލްސާގައި 3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށާއި އެ 3 ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ ތަވާލުކޮށްފައެވެ.