ރިޔާސީ އަދި މަޖިލިސް އިންތިހާބު އެކީގައި ބާއްވަން ރައީސް ނަޝީދު ތާއީދު!

ދަޕްރެސް

4 ޖެނުއަރީ 2026 | އާދިއްތަ | 4:12

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުމަކީ ރަނގަޅު ނިންމުމެއް ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މި ވަނީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއްް ހުށަހެޅުމާ ގުޅިގެންނެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އިއްޔެ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ މަޖިލިސް މެންބަރު ކަމަށް މީހުން ހޮވުމަށާއި ރައީސް ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުމަށާއި އަދި މަޖިލީހުގެ ދައުރު ނުވަތަ އުމުރު ގުނުމުގެ އުސޫލު އިސްލާހުކޮށް، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށެވެ.

މައުޟޫޢުތަށް