އޮޕަރޭޝަން އަލިމަގު: އައްޑޫ އިން ހައްޔަރުކުރި ފަސް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ދަޕްރެސް
4 ޖެނުއަރީ 2026 | އާދިއްތަ | 4:13
އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ 'މައިލޯ' އަށް ނިސްބަތްވާ ފަސް މީހެކެވެ.
ފުލުހުން ބުނީ މި 5 މީހުންގެ ތެރެއިން ނަދީމު، ހާފިޒް އަދި ސިރާޖުގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އަލްފާފާއި އަމީންގެ ބަންދު މުއްދަތު އިތުރުކުރަން މިދިޔަ މަހުގެ 24 ގައި ކޯޓަށް ހާޒިރުކުުރުމުން ބަންދަށް އިތުރު 30 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.