މަރުވެފައިވާ މީހެއްގެ ހަށިގަނޑު ކިނޮޅަހާ ދިމާ ބޭރުން، ކަނޑުމަތިން ފެނިއްޖެ

ދަޕްރެސް

4 ޖެނުއަރީ 2026 | އާދިއްތަ | 7:16

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ރ. ކިނޮޅަހާ ދިމާލު ބޭރުން ކަނޑުމަތިން އޮޔާ ދަނިކޮށް ފެނިއްޖެއެވެ.

ފުލުހުން ބުނީ، މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:30 ހާއިރު ލިބިފައިވާ ކަމަށެވެ. އެއީ ރ. ކިނޮޅަހާ ދިމާލު ބޭރު ކަނޑުމަތިން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މައުލޫމާތު ލިބުމާ އެކު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ބަަން ޖެހޭ ކަންކަން ބަލަމުން އަންނަ ވެސް ބުނެފައި ވެއެވެ.

މައުޟޫޢުތަށް