ޖުވާ ކުޅުމާ އަދި އެފަދަ ތަނެއް ހިންގުމަކީ އެއް އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އަންނަ ކުށަކަށް ހަދަން ހުށަހަޅައިފި
ދަޕްރެސް
4 ޖެނުއަރީ 2026 | އާދިއްތަ | 10:34
ޖުވާ ކުޅުމާ އަދި އެފަދަ ތަނެއް ހިންގުމަކީ އެއް އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ ޖިނާއީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ދަމާ ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރްޒޫގްއެވެ.
ޖުވާ ކުޅުމާއި އެފަދަ ތަނެއް ހިންގުމުގެ ކުށުގެ ދަރަޖަ ކަމަށް ބިލުގައި ކަނޑައަޅާފައިވަނީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖަކަމުގައިވާއިރު އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އަދި މި ކުށުގެ އެންމެ ބޮޑު އަދަބަކީ 4 އަހަރަށް ޖަލަށްލުން ކަމަށެވެ.