މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ނޭޕާލް އަންހެން މީހާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި
ދަޕްރެސް
4 ޖެނުއަރީ 2026 | އާދިއްތަ | 10:36
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާލެއިން, ދިވެހި ފިރިހެނުންތަކަކާއެކު ހައްޔަރުކުރި ނޭޕާލް އަންހެން މީހާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު މާލޭގެ ގެސްޓް ހައުސްއަކާ، އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކުރި ނޭޕާލް ރައްޔިތެއްކަމަށްވާ ނިޝާ ރާއި (21އ)ގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައެވެ. ނިޝާ ރާއި ބަންދުގެ އަމުރުގައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް އެކަށިގެންވާ ވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށެވެ. އަދި އޭނާއާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރިއިރު، 230 ގުރާމް ކެނަބިސްއާއި 141 ގުރާމް ހެރޮއިން ފެނުނު ކަމަށް މި އަމުރުގައިވަނީ ބުނެފައެވެ.