އެޗްއާރްސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަންކުރުމަށް ކޮމިޓީއަށް

ދަޕްރެސް

5 ޖެނުއަރީ 2026 | ހޯމަ | 10:07

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްގެ މަގާމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު އަދި މިހާރު އެ ކޮމިޝަނުގެ މެންބަރު ޑރ. އާއިޝަތު ރަމީލާ އައްޔަންކުރުމާމެދު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެޗްއާރްސީއެމްގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި މަރްޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހަމަވުމާ ގުޅިގެންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. އަދި މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާއެކު އެޗްއާރްސީއެމްގެ މެންބަރުގެ މަގާމަށްް ރަމީލާ އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

މައުޟޫޢުތަށް