ސިނގިރޭޓު ވައްކަން ކުރި މީހުން ޖުވާކުޅެން ފައިސާތައް ބޭނުންކޮށް ފައިސާތައް ވަނީ ގެއްލިފަ: ނާޒިމް

ދަޕްރެސް

5 ޖެނުއަރީ 2026 | ހޯމަ | 12:04

ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލައިގައި ހިމެނޭ މީހުން އެ ފައިސާ ހަރަދުކުރީ ޖުވާކުޅެން ކަމަށާއި އެ ފައިސާތައް ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ ޖުވާ ކުޅުމާ އަދި އެފަދަ ތަނެއް ހިންގުމަކީ އެއް އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ ޖިނާއީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ދިވެހި މުޖުތަމައު ބަދަލުވަމުންދާ ދިއުމުގައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި މި ބިލަކީ މުހިންމު ދައުރެއް އަދާ ކުރާ ބިލެއް ކަމަށެވެ. ނިމިދިޔަ އަހަރު ހަބަރުތަކުގެ ސުރުހީތަކުން ފެނިގެން ދިޔައީ ދިގު މުއްދަތަކަށް ޖަލަށް ދިޔަ ބައެއް މީހުން ހިންގާފައިވާ ޖަރީމާތަކުގެ މައުލޫމާތު ކަމަށް ނާޒިމް ވިދާޅުވިއެވެ.

މައުޟޫޢުތަށް