މަރުވެފައި އޮއްވާ ކަނޑުމަތިން ފެނުނު މީހާ އޮތީ ކާކުކަން ނޭނގޭ ވަރަށް ކުނިވެފައި: ފުލުހުން
ދަޕްރެސް
5 ޖެނުއަރީ 2026 | ހޯމަ | 11:21
މަރުވެފައި އޮއްވާ ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން ފެނުނު މީހާ އޮތީ ކާކުކަން ނޭނގޭ ވަރަށް ކުނިވެފައި ކަމަށް ފުލުހުން ބުނެފިއެވެ.
ކިނޮޅަހާ ދިމާ ބޭރުކަނޑުމަތިން އޮޔާދަނިކޮށް އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ އިއްޔެ ހަވީރު 4:30 ހާއިރުއެވެ.
ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުގެ ސަބަބުން މިހާތަނަށް އެ މީހާގެ ޖިންސް ދެނެގަނެވިފައި ނުވާ ކަމަށެވެ.