ޖުވާ ކުޅުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް
ދަޕްރެސް
5 ޖެނުއަރީ 2026 | ހޯމަ | 3:14
ޖުވާ ކުޅުމާ އަދި އެފަދަ ތަނެއް ހިންގުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގެންފިއެވެ.
ޖުވާ ކުޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރްޒޫގްއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ބަހުސްކޮށް، ބިލު ބަަލައިގަތުމާމެދު ގޮތެެއް ނިންމުމަށް ވަނީ ވޯޓަށް އަހާފައެެވެ. އަދި ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ ތާއީދާއެކު ބިލު ބަލައިގަނެ، ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވެއެވެ.