ހައްޖު ކިޔުއަށް އެރޭގޮތް ހެދުމަށް ޕެންޝަން ސްކީމްއަށް ގެނައި އިސްލާހު ބަލައިގެންފި
ދަޕްރެސް
5 ޖެނުއަރީ 2026 | ހޯމަ | 3:16
ޕެންޝަން ސްކީމް މެދުވެރިކޮށް ހައްޖަށް ދިޔުމަށް ފައިސާ ދައްކައި، ހައްޖު ކިޔުއަށް އެރޭ ގޮތް ހެދުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު އަބްދުލްގާދިރުއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ބިލު ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި 51 މެންބަރުން ވަނީ ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓުދެއްވާފައެވެ. އެހެންކަމުން ބިލު ބަލައިގަންނަން ފާސްވާކަމަށް ނިންމައި، ބިލު ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެެވެ.