ތިލަފުށީގައި ހަދާ ބަނދަރު، ޕްރައިވެޓް ސެކްޓަރަށް ވިއްކާލުން ރަނގަޅުކަމަށް ނަޝީދު ވިދާޅުވެއްޖެ

ދަޕްރެސް

5 ޖެނުއަރީ 2026 | ހޯމަ | 4:12

ތިލަފުށީގައި ހަދާ ބަނދަރު، ޕްރައިވެޓް ސެކްޓަރަށް ވިއްކާލުން ރަނގަޅު ނަމަވެސް އެކަން ކުރަން ވާނީ ދެފުށް ފެންނަ ބިޑުކުރުމުގެ މަރުހަލާ އަކަށްފަހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ތިލަފުށީގައި ހަދާ ބަނދަރު، ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް) އަށް ވިއްކަން އުޅޭކަމަށް މީގެ ކުރިންވެސް އަޑުތައް ފެތުރިފައިވާއިރު ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ މި ފަދަ ތުހުމަތުތަކެއް ކުރައްވާފައެވެ.

އެގޮތުން އެ މަނިކުފާނުގެ ވެރިކަމުގައިވެސް ޑީޕީ ވޯލްޑް ކުންފުނިން ބަނދަރު ގަތުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމަނިކުފާނާ ބައްދަލުކުރައްވާފައި ވާކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށް ދެކޮޅު ހެއްދެވިކަން ފާހަގަ ކުރައްވަމުން ޔާމީން ވިދާޅުވީ އެކަމުގެ ސަބަބުން އެމްޕީއެލްގައި މަސައްކަތް ކުރާ އެތައް ދިވެހީންނެއްގެ ވަޒީފާ ގެއްލިގެން ދާކަމަށެވެ. އަދި ބަނދަރު ހަވާލުކުރުމުން އެ މީހުން ރާއްޖެ ގެނެސް ބޭރުކުރާ އެއްޗެއް ވެސް ދިވެހީންނަކަށް ނޭނގޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މައުޟޫޢުތަށް