ބޭހުގެ މައްސަލަ ހައްލުކުރަން އެސްޓީއޯ އިން އެތެރެކުރާ ބޭހުގެ ބާވަތްތައް 900 އަށް އިތުރުކޮށްފި
ދަޕްރެސް
5 ޖެނުއަރީ 2026 | ހޯމަ | 4:14
ބޭހުގެ މައްސަލަ ހައްލު ކުރުމަށް އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ ބެހުގެ ބާވަތްތައް 800 އާއި 900 އާ ދެމެދުގެ އަދަދަކަށް އިތުރުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރަްީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރަމުން ބުނީ، ބޭސް ލިބުން ދަތިވާ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. ބޭހުގެ މައްސަލަ ހައްލުވެގެން އަންނައިރު ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓއާއި ބޭނުންވާ ޒަރޫރީ ބޭހުގެ ލިސްޓު ވެސް ފުޅާވެގެން ދާނެ ކަމަށް މިނިސްތަރު ވިދާޅުވިއެވެ.
ބޭހުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބޭހުގެ ސަޕްލައި ހަރުދަނާކޮށްފައިވާ ކަން ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ، ބޭސް އެެތެކުރާ މިންވަރު އެތައް ގުނައެއް އިތުރުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން އެސްޓީއޯއިން އެތެރެ ކުރަމުން ދިޔައީ 200 އެއްހާ ބޭސް ކަމަށާއި މިހާރު 800 އާއި 900 ދެމެދުގެ ބޭސް އެތެރެކުރެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.