ސައިރިކްސް ކޮލެޖު ކައިރީ ހުރި ހަދަމުންދާ އިމާރާތެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި
ދަޕްރެސް
6 ޖެނުއަރީ 2026 | އަންގާރަ | 9:29
ސައިރިކްސް ކޮލެޖު ކައިރީ ހުރި ހަދަމުންދާ އިމާރާތެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް ރޭ 23:22 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔުއަށް ލިބުމާއެކު، މާލޭ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މި އަލިފާންގަނޑު ނިއްވާލެވިފައިވަނީ ރޭ 23:56 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައިނުވާކަމަށެވެ.