މަޖިލީހުގެ ޖަލްސާތައް ބާއްވަމުންދަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީން ޖަލްސާތައް ބޮއިކޮޓް ކުރަނީ

ދަޕްރެސް

6 ޖެނުއަރީ 2026 | އަންގާރަ | 9:38

ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުން މިހާރު ބާއްވަމުންދާ ޖަލްސާތަކަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގަމުންދާ ޖަލްސާތަކެއް ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޕާލިމެޓްރީ ގުރޫޕުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިސްގެ ދައުރު ނިންމާ ޗުއްޓީގައި އޮއްވައި، ދައުރުން ބޭރުން އިއްޔެ ޖަލްސާއެއް ބާއްވާފައިވާއިރު މިއަދު ވެސް ޖަލްސާއެއް އެބަ ކުރިއަށް ދެއެވެ. މި ޖަލްސާތަކުގެ އެޖެންޑާގައި ހިމަނާފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމާއި، ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕްކުރުމަށް މަގުފަހިވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމެވެ.

މި ޖަލްސާތަކާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ) އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު މަޖިލީހުން ބާއްވާ ޖަލްސާތަކަކީ، ގާނޫނު އަސާސީއާ ހިލާފު ޖަލްސާތަކެއް ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ޖަލްސާތައް "ބޮއިކޮޓް" ކުރުމަށް ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށް ވެސް ކުޑޫ ވިދާޅުވިއެވެ.

މައުޟޫޢުތަށް