އެޗްއާރްސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަންކުރަން ފާސްކޮށްފި

ދަޕްރެސް

6 ޖެނުއަރީ 2026 | އަންގާރަ | 12:26

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސް ކަމަށް ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެޗްއާރްސީއެމްގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި މަރްޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހަމަވުމާ ގުޅިގެންނެވެ. އެއާއެކު އެޗްއާރްސީއެމްގެ މެންބަރުގެ މަގާމަށްް ރަމީލާ އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

އެޗްއާރްސީއެމްގެ ރައީސްގެ މަގާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަމީލާގެ ނަން ފޮނުއްވާފައި ވާއިރު، އެކަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް އިއްޔެ ދައުރުން ބޭއްވި ޖަލްސާގައި ވަނީ ފޮނުވާފައެވެ.

މައުޟޫޢުތަށް