އެމްއޭސީއެލްއިން ކުރިއަށް ގެންދާ ބިން ހިއްކުމުގެ ބޮޑު 3 މަޝްރޫއު ތާރީހަށް ނިންމާނެކަމުގެ ޔަގީންކަން ދީފި

ދަޕްރެސް

6 ޖެނުއަރީ 2026 | އަންގާރަ | 12:27

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދާ ބިން ހިއްކުމުގެ ބޮޑު 3 މަޝްރޫއު ތާރީހަށް ނިންމާނެކަމުގެ ޔަގީންކަން އެކުންފުނިން ދީފިއެވެ.

ހއ. ދިއްދޫ އެއާޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ މިހާރުވެސް އެއް ވަގުތެއްގައި ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއެއް ކުރިއަށް ގެންދާ ކަމަށާއި އެ މަޝްރޫއުތައް ދީފައިވާ ތާރީހަށް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ މިއަދަކީ ދިއްދޫ ރައްޔިތުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް އަދި ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވި ދުވަހެއްކަމަށާއި، އެމްއޭސީއެލްއަށް އިތުބާރު ކުރައްވާ ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރެއްވީތީ މުޅި ކުންފުނީގެ ނަމުގައި ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މައުޟޫޢުތަށް