ބޭސްފަރުވާގެ ހިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވި ނިސްބަތަށްވުރެ ސްކީމުގެ ހަރަދު އިތުރު: އޮޑިޓް ރިޕޯޓް

ދަޕްރެސް

6 ޖެނުއަރީ 2026 | އަންގާރަ | 5:25

ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކަށް 2019 އިން 2024ގެ ނިޔަލަށް އާސަންދަށް ސްކީމުން 3.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ މުއްދަތުގައި ކްލިނިކްތަކަށް 779.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްތަކުން ދައްކައިފިއެވެ.

އާސަންދައިން ކުރާ ހޭދަތައް ހިމެނޭ އޮޑިޓް ރިޕޯޓުގައި ވަނީ، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާ، ބޭސްފަރުވާއަށް ދައުލަތުން ކުރާ ހޭދައިގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސަރުކާރު ހޮސްޕިޓަލްތައް ހިންގުމަށް ކުރާ ހަރަދާ، އާސަންދަ ސްކީމުން ކުރާ ހަރަދާ، ސްކީމުގެ ބޭރުން ބެސްފަރުވާއަށް ކުރާ ހަރަދު ކަމަށެވެ. އެގޮތުން 2019 އިން 2024އަށް 35.8 ބިލިއަން ރުފިޔާ ބޭސްފަރުވާއަށް ހޭދަކޮށްފައިވާއިރު، މިއީ އެވަރެޖުކޮށް އަހަރަކަށް 5.97 ބިލިއަން ރުފިޔާކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

ސަރުކާރު ހޮސްޕިޓަލްތަކަށް ދައުލަތުން ކުރާ ހޭދަ ފިޔަވައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަނީ އާސަންދަ ސްކީމަށް ކަން ފާހަގަކޮށް މި ރިޕޯޓުގައިވަނީ 2019 އިން 2024އަށް ޖުމުލަ 16.1 ބިލިއަން ރުފިޔާ ސްކީމަށް ހަރަދު ކޮށްފައިވާ ކަމަށެވެ. މިއީ އެވަރެޖުކޮށް އަހަރަކަށް 2.68 ބިލިއަން ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

މައުޟޫޢުތަށް