ކޮންމެ އަތޮޅަކުން ބައިވެރިއަކާއެކު މި އަހަރުވެސް ބަންގި ގޮވުމުގެ މުބާރާތް ބާއްވަނީ

ދަޕްރެސް

6 ޖެނުއަރީ 2026 | އަންގާރަ | 7:04

މި އަހަރުވެސް "ނޫރުލް އަޒާން" (ބަންގި މުބާރާތް) ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ އެ މިނިސްޓްރީއިން ކުރިއަށްގެންދާ "ނޫރުލް އަޒާން 1447" މި އަހަރު ކުރިއަށްގެންދާނީ ކޮންމެ އަތޮޅަކުން ބައިވެރިއަކާއެކު ކަމަށެވެ.

15 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ބައިވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މުބާރާތަށް ބައިވެރިން ހޮވުމަށް ބާއްވާ އޮޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު މީހުން ދިރިއުޅޭ 19 އަތޮޅުގެ ކޮންމެ ރަށެއްގެ ކައުންސިލަށް ވެސް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް