އުމްރާއަށް ދިޔަ މީހުންގެ ތެރެއިން އެޑްމިޓްކުރެވިފައިވާ ބަލި މީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން: ޑރ.ޝަހީމް

ދަޕްރެސް

6 ޖެނުއަރީ 2026 | އަންގާރަ | 8:15

މިއަހަރު އުމްރާއަށް ދިޔަ މީހުންގެ ތެރެއިން އެޑްމިޓްކުރެވިފައިވާ ބަލި މީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާ އާއި ގުޅިގެން ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މި ޗުއްޓީގައި 7 ހާހަށް ވުރެ ގިނަ ދިވެހިން އުމްރާއަށް ގޮސްގައިވާއިރު، ޖުމުލަކޮށް އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެޑްމިޓްކުރެވިފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާ އާއި ގުޅިގެން ކުރަމުން އަންނަކަމަށާއި މި މަހުގެ 10 ވަނަ ދުވަހު ބަލިމީހާ މާލެ ގެނެވޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.

އިތުރަށް ޝަހީމް ވަނީ މިކަމުގައި މޯލްޑިވިއަން އަދި އައިޖީއެމްއެޗުން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

މައުޟޫޢުތަށް