ގުދުރަތީ ހިތްގައިމު ކަމާއި މުއްސަނދި ސަގާފަތެއް އެކުލިވެގެންވާ ކަޒަކިސްތާން، ޗުއްޓީ ހޭދަކޮށްލަން އެއްވަނަ
ދަޕްރެސް
6 މާރިޗު 2026 | ހުކުރު | 7:57
މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.
އެގޮތުން މި ލިޔުމުގައި ވެސް ކިޔުންތެރިންނަށް މި ގެނެސް ދެނީ އޭޝިއާއަށް ނިސްބަތްވާ ކަޒަކިސްތާނަށެވެ. ބައެއް ދިވެހިންނަށް މި ނަމަކީ މާ ފަރިތަ ނަމަކަށް ނުވެދާނެއެވެ. ނަމަވެސް މިއީ މިހާރަކަށް އައިސް ދިވެހިން ދަތުރު ކުރުމަށް ލޯބި ކުރާ ގައުމު ތެރޭގައި ހިމެނޭ ގައުމެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ރާއްޖެއާއި 4،400 ކިލޯމީޓަރު ދުރުގައި އޮންނަ މި ގައުމުގައި 20 މިލިއަނެއްހާ މީހުން އުޅޭ ދިރިއުޅޭއިރު އެ ގައުމުގެ ބަހުރުވައެއްގެ ގޮތުގައި ބޭނުން ކުރަމުންދަނީ 'ކަޒަކް' އަދި ރަޝިއާ ބަހެވެ. މިއީ ތެލާއި ގޭހާއި ޔޫރޭނިއަމް އާއި ކޯލް އަދި ރަނުން މުއްސަނދި ގައުމެކެވެ.
އެ ގައުމުގެ 70 ޕަސެންޓު މީހުންނަކީ މުސްލިމުން ކަމަށްވާއިރު ފައިސާގެ ގޮތުގައި ގެންގުޅެނީ 'ޓެންގް' އެވެ. ރާއްޖެއިން އެ ގައުމަށް ދަތުރު ކުރަން ބޭނުންނަމަ އަސްޓަނާ އެއާލައިނުން ޑައިރެކްޓް ފްލައިޓްތައް ދަތުރު ކުރާއިރު ޑައިރެކްޓުކޮށް ދަތުރު ކުރާނަމަ 6-7 ގަޑީރެއް ހާއިރުން ދެވެއެވެ. އަދި ބޭނުންނަމަ 'ލޭއޯވާ' ކުރުމަށްފަހު ވެސް ދަތުރު ކުރެވެއެވެ.