ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް، ފަޒީނަށް ދައުވާކޮށްފި
ދަޕްރެސް
7 ޖެނުއަރީ 2026 | ބުދަ | 9:56
ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ފަޒީންގެ މައްޗަށް ދައުވާކޮށްފިއެވެ.
ފަޒީންގެ މައްޗަށް އިއްޔެ ކޮށްފައިވާ ދެ ދައުވާއަކީ ޖިންސީ ގޯނާކުރުމާއި ގައިގާ އަތްލުމުގެ ދައުވާއެކެވެ.
މިދިޔަ އަހަރުގެ ތެރޭގައި މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ ފެންމަތިވެ، ފަޒީން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅިއެވެ. އެހެންނަމަވެސް މަޖިލީހުން އެ މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން ފަޒީން ވަނީ އިސްތިއުފާދެއްވާފައެވެ.