14 ރަށެއްގެ ތަރައްގީގެ މަޝްރޫއުތައް ހިންގަން އެމްޓީސީސީއަށް، ޖުމްލަ އަގު 1.7 ބިލިއަނަށް އަރާ
ދަޕްރެސް
7 ޖެނުއަރީ 2026 | ބުދަ | 10:25
14 ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން އެމްޓިސީސީއާ ހަވާލުކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދުއެވެ.
އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.