ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށް، ޑީޕޯޓު ކުރަނީ
ދަޕްރެސް
7 ޖެނުއަރީ 2026 | ބުދަ | 10:38
މާލޭގައި ބަނގުރާ އުފައްދައި، ގެންގުޅެ ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކޮށް މާލޭ ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި އެންމެން ވެސް މިހާރު ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.