ފައިނޭންސް އިންޓެލިޖެންސްގެ ވެރިޔާ، ސާޖިދަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލަ ފުލުހުން ބަލަނީ

ދަޕްރެސް

7 ޖެނުއަރީ 2026 | ބުދަ | 11:04

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ އިސްމާއިލް ސާޖިދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

މީގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަންވެސް ފުރުއްވާފައިވާ ސާޖިދަށް އެފަދަ ތުހުމަތު ތަކެއް ކުރެވިގެން މިދިޔަ ޑިސެމްބަރު މަހު ވަނީ މަގާމުން ސަސްޕެންޑުކޮށްފައެވެ. ނަމަވެސް ސަސްޕެންޑު ކުރި ވަކި ސަބަބެއް އޭރު ހާމަ ކޮށްފައިނުވެ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑު ކުރީ އޮފީހުގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލައާއި ގުޅިގެންނެވެ. އަދި މި މައްސަލަ މިހާރު ފުލުހަށް ހުށަހެޅުމުން އެ އިދާރާއިން ދަނީ މައްސަލަ ބަލަމުންނެވެ.

މައުޟޫޢުތަށް