ސިވިލް ސާވިސް މުވައްޒަފުން ހާއްސަ ސިއްހީ ބޭނުމަށް ޗުއްޓީނަގާނަމަ ކޮމިޝަނަށް ލިޔަން އަންގައިފި
ދަޕްރެސް
7 ޖެނުއަރީ 2026 | ބުދަ | 3:53
ސިވިލް ސާވިސް މުވައްޒަފުންނަށް "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ" އަށް އެދެވޭނެ ސިވިލް ސާވިސް ކޮމިޝަން ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފިއެވެ.
މިއަދު އެކޮމިޝަނުން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ހާއްސަ ހާލަތްތަކުގައި ސިއްހީ ބޭނުންތަކަށްދޭ ޗުއްޓީއަށް މުވައްޒަފުން އެދޭ ހާލަތްތަކުގައި އިދާރާތަކުން މަސްއޫލުވެރި އޮފީސް މެދުވެރިކޮށް އެކޮމިޝަނަށް ހުށަހަޅާ ގޮތަށް އޮތުމުން އެކަމުގައި ދަތިތަކެއް މުވައްޒަފުންނަށް ކުރިމަތިވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މުވައްޒަފުން މަސައްކަތްކުރާ އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށައަޅާ ގޮތަށް އޮތުމުން ޗުއްޓީ ދިނުމާ މެދު ގޮތެއް ކަނޑައަޅައި މުވައްޒަފަށް އެކަން އެނގުމަށް ހޭދަވާ މުއްދަތު ދިގުލައިގެންދާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ހާއްސަ ހާލަތްތަކުގައި ސިއްހީ ކަންކަމުގައި މުވައްޒަފުން ޗުއްޓީއަށް އެދޭ ހާލަތުގައި އެމުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށްފަހު ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި ސީދާ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.