މިއަދު އާންމު ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފު، ސަމާލުވުމަށް އިލްތިމާސްކޮށްފި!

ދަޕްރެސް

7 ޖެނުއަރީ 2026 | ބުދަ | 3:47

ރާއްޖޭގެ ބޮޑު ސަރަޙައްދެއްގައި ދުރު ފެންނަ މިންވަރު ދަށްވެ، އާންމު ސިއްހަތަށް ނުރައްކާވާ މިންވަރަށް ރާއްޖޭގެ ވައި ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓު އޮފީހުން ބުނީ މިއަދު، އުތުރާ މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފު ކަމަށެވެ. ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ "ރެޑް އެލަޓް"އަށް އަރާފައިވާކަން ފާހަގަކޮށް މެޓުން ބުނީ ކުރިއަށް އޮތް 6 ގަޑިއިރުވެސް ވައި ހުންނާނީ ނުރައްކާ މިންވަރެއްގައި ކަމަށެވެ.

އެހެންކަމުން ސިއްހީ ގޮތުން މައްސަލަ ނެތް ފަރާތްތަކުންވެސް މިއަދު ސަމާލުވާންޖެހޭ ކަމަށް މެޓުން ވަނީ ބުނެފައެވެ. މީގެ އިތުރުން މެޓުން ބުނީ ދުރު ފެންނަ ނިސްބަތް ހުންނަ މިންވަރު ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުން ކަމަށެވެ.

މައުޟޫޢުތަށް