ޗުއްޓީއަށް ދަތުރެއް ރާވަނީތަ؟ ޒުވާނުންގެ މެދުގައި މަގުބޫލު ވަމުން އަންނަ ދެކުނު ކޮރެއާ ހިޔާރު ކުރަމާ

ދަޕްރެސް

28 ފެބްރުއަރީ 2026 | ހޮނިހިރު | 1:39

މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.

މި ލިޔުމުގައި ކިޔުންތެރިންނަށް ގެނެސްދޭން މިއުޅޭ ގައުމަކީ މިހާރު ދިވެހީންގެ ތެރޭގައި އާ ގައުމަކަށް ނުވާނެއެވެ. އެގޮތުން އެ ބައެއްގެ ބައެއް ރަހަތަކާއި އާދަކާދަތައް ދިވެހީންގެ ތެރޭގައި ވެސް އެކުލެވޭ އިރުމަތީ އޭޝިއާގެ ގައުމެއް ކަމަށްވާ ސައުތް ކޮރެއާ (ދެކުނު ކޮރެއާ) އެވެ. އުތުރު ކޮރެއާ ދެމެދު އޮންނަ ބޯޑަރު ހިއްސާ ކުރާ މި ގައުމަކީ ޗެރީ ގަސްތަކާއި، އެތައް ސަތޭކަ އަހަރެއް ވެފައިވާ ފައްޅިތަކާއި، ފަރުބަދަމަތީ އަވަށްތަކާއި، ކަނޑުގެ އައްސޭރިފަށުގެ މަސްވެރި ވިލެޖްތަކާއި، ކުދި ކުދި ރަށްތަކާއި، ވެރިރަށް ސޯލް ފަދަ ޒަމާނީ ސިޓީތަކުން މަޝްހޫރުކަން ހޯދާފައިވާ ސައުތް ކޮރެއާއަކީ ތަފާތު އެކި ކާނާގެ ބާވަތުގައި ވެސް ފާހަގަ ކޮށްލެވޭ ގައުމެކެވެ.

51.75 މިލިއަން މީހުން އުޅޭ މި ގައުމުގެ ވެރިކަން ކުރަނީ ސޯލް ސިޓީގައެވެ. ފައިސާގެ ގޮތުގައި އެ ގައުމުގައި ބޭނުން ކުރަމުންދަނީ 'ސައުތް ކޮރެއަން ވޮން' އެވެ. ކޭ ޕޮޕްގެ އެތައް ބޭންޑު ތަކަކާއި 'ކޭ-ޑްރާމާ' އުފައްދާ މި ގައުމަކީ ބައެއް ދިވެހީންނަށް ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ގައުމެކެވެ.

މައުޟޫޢުތަށް