ދަރުމަވަންތައިން ފުރަތަމަ ފަހަރަށް އައިވީއެފް ފުރިހަމަކުރި ދެމަފިރިންނަށް ދަރިއަކު ލިބިއްޖެ
ދަޕްރެސް
8 ޖެނުއަރީ 2026 | ބުރާސްފަތި | 9:22
ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަޓިލިޓީ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައިވީއެފް ފުރިހަމަ ކުރި ދެމަފިރިންނަށް ދަރިއަކު ލިބިއްޖެއެވެ.
އެކަން ހާމަކޮށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި ރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ތާރީހީ ކާމިޔާބީއެއް ކަމަށާއި މި ކަމުގެ ސަބަބުން ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބިގެންދިޔަ އުންމީދެއް ކަމަށެވެ.
ހަލީމް ވަނީ އެ މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ޓީމަށާއި އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުޙަބާ ދަންނަވާފައެވެ.