ވޯޓުލުމުގެ ހައްގު ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލާއިފި

ދަޕްރެސް

8 ޖެނުއަރީ 2026 | ބުރާސްފަތި | 9:58

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ން ބުނީ، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ، ސަރުކާރުގެ ގެޒެޓު އަދި އެ ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، ( 1414) އެސްއެމްއެސް ކޮށްގެން ބެލޭނެ ކަމަށެވެ.

އަދި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އެ ކޮމިޝަނުގެ މައިޕޯޓަލް (...) މެދުވެރިކޮށް، ޖެނުއަރީ 18، 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް