ހައިވޭގައި ހުރި ސޯލާ ޕެނަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ދަޕްރެސް

8 ޖެނުއަރީ 2026 | ބުރާސްފަތި | 10:14

ސިނަމާލެ ހައިވޭގައި ހުރި ސޯލާ ޕެނަލެއްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 08:34 އެހާއިރު ކަމަށެވެ. އަދި ފަޔަފައިޓަރުން ކުރި މަސައްކަތުން ސޯލާ ޕެނަލުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ 08:45 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

މައުޟޫޢުތަށް