ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިންނަށް ތާއިފް ދަތުރުގެ ބުރައާއި ތަކުލީފްތައް ދައްކައި ދިނީ ކޭބަލް ކާރުގައި
ދަޕްރެސް
8 ޖެނުއަރީ 2026 | ބުރާސްފަތި | 10:58
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން އުމްރާ ކުރަން ދާ ފަރާތްތަކަށް ތާއިފް ދަތުރުގެ ހުރި ބުރައާއި ތަކުލީފްތައް ކޭބަލް ކާރު މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިފިއެވެ.
މައްކާގެ އަހުލުވެރިންނަށް އިސްލާމްދީނަށް ގޮވާލެއްވުމުގައި ސިއްރާ ފާޅުގައި ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ ކުރެއްވި މަސައްކަތްޕުޅަށް ގޮންޖަހަމުން ދިޔަނަމަވެސް މައްކާގެ ތެރޭގައި ކީރިތި ރަސޫލާއަށް ނަސްރު ދޭނޭ މަދަދުވެރިޔަކު ނެތެވެ. އެހެންކަމުން އިސްލާމްދީން ހިމާޔަތްކޮށް ދީނަށް ނަސްރު ދޭނޭ ބާރުވެރި ފަރާތެއް ހޯއްދެވުމަށް އިތުރު އެކަލޭގެފާނު ތާއިފަށް ވަޑައިގަންނަވަން ނިމެވިއެވެ.
މައްކާއާ 96 ކިލޯމީޓަރު ދުރުގައި ފަރުބަދަ މަތީގައި އޮންނަ ތާއިފަށް ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ ވަޑައިގެންނެވީ ހިންގަވާފަ އެވެ. އަދި އެ އަވަށުން އެކަލޭގެފާނު މައްކާއަށް ވަޑައިގެންނެވީ ވެސް ހިންގަވާފަ އެވެ. އުންމަތެއް ބިނާ ކުރެއްވުމުގެ ހިއްވަރާއި އަޒުމުގަ އެވެ.