ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފި، އަމާޒަކީ މި5 އަހަރު ތެރޭ 500 ހަމަކުރުން: ޝަހީމް

ދަޕްރެސް

8 ޖެނުއަރީ 2026 | ބުރާސްފަތި | 1:05

ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފިއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފިކަމަށާއި، ރޯދަމަހުގެ ކުރިން 300 އަށް އަރާނެކަމަށެވެ.

ޝަހީމް ވިދާޅުވީ މި ދިޔަ އަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުމަށް ހާއްސަ ހަފްލާއެއް ބާއްވަން ފަށާފައިވާކަމަށާއި، މި އަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެކަމަށެވެ. އިތުރަށް ޝަހީމް ވިދާޅުވީ މިދިޔަ ރޯދަ މަހު 24 ހާފިޒުން ދަސްވެނިވިކަމަށާއި، މިނިސްޓްރީގެ އަމާޒަކީ މި 5 އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަަށް އަރުވަން މަސައްކަތްކުރުން ކަމަށެވެ.

މައުޟޫޢުތަށް