އިލްމުވެރިންނަކީ 'މުރުތައްދުވެފައިވާ' ބައެއް ކަމަށް ރީކޯ މޫސާ ވިދާޅުވި މައްސަލަ ފުލުހަށް ހުށަހަޅައިފި
ދަޕްރެސް
8 ޖެނުއަރީ 2026 | ބުރާސްފަތި | 1:51
އިލްމުވެރިންނަކީ 'މުރުތައްދުވެފައިވާ' ބައެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ވިދާޅުވި މައްސަލަ އިލްމުވެރިންގެ ގުޅުމުން ފުލުހަށް ހުށަހަޅައިފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރީކޯ ވަނީ ރާއްޖޭގައި އުޅޭ ވަކި ފަންތިއެއްގައި ދީނީ ދަންނަ ބޭކަލުންނަކީ 'އިންޖީނު ދޯންޏަކަށް' ވެސް ހަމަ ވަގުތުން ކުއްލިއަކަށް ހަދީސްތަކާއި އާޔަތްތައް ބަދަލުކޮށްގެން ވާހަކަދައްކާ މީހުން ކަމަށް ތުހުމަތު ކުރައްވާފައެވެ.
އަދި ސިޔާސީ ގޮތުން ނުކުންނަ ދަންނަބޭކަލުންނަކީ މި ގައުމަށް ވެފައިވާ ބޮޑު މުސީބާތެއްގެ ގޮތުގައި ސިފަ ކުރައްވާ ރީކޯ ވަނީ އިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. "އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު އެދެން، އެއްޗެއް ކިޔަވައިގެން ތިއްބަސް މަޑުން މަޑުން ގޭތެރޭގައި ވާހަކަދައްކާލައިގެން ތިބުމަށް" ރީކޯ މޫސަ ވިދާޅުވިއެވެ.