ހާއްސަ އެހީއަށް ބޭނުންވާ މީހުން، ވަޒީފާއަށް ތައްޔާރުކުރުމުގެ ޕްރޮގްރާމަށް ހުޅުވާލައިފި

ދަޕްރެސް

8 ޖެނުއަރީ 2026 | ބުރާސްފަތި | 6:10

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފެމެލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓްއިން ކުރިއަށް ގެންދާ "ޖޮބް ރެޑިނަސް" ޕްރޮގްރާމްގައި، ވަޒީފާގެ މާހައުލުގައި އަމަލުތައް ބަހައްޓާނެ ގޮތާއި، ގުޅިގެން މަސައްކަތް ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކާއި އަދި މަސައްކަތުގެ މާހައުލުގެ އާއްމު ހުނަރުތަކަށް ހޭލުންތެރިކޮށް އަހުލުވެރިކުރުން ހިމެނެއެވެ.

އެ މިނިސްޓްރީން ވަނީ 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ގޫގަލް ފޯމު އަދި ކިއު އާރް ކޯޑް މެދުވެރިކޮށް ހުށަހެޅުމަށް އެދިފައެވެ.

މައުޟޫޢުތަށް