ދުންފަތުގެ ބާވަތްތަކުގައި ސިއްހީ އިންޒާރު ޖަހަން އިތުރު މުއްދަތެއް ދީފި
ދަޕްރެސް
8 ޖެނުއަރީ 2026 | ބުރާސްފަތި | 5:59
ދުންފަތުގެ ބާވަތްތަކުގައި ލޭބަލް ނުވަތަ ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިތުރު 6 މަސް ދީފިއެވެ.
މިދިޔަ ޖުލައި މަސްތެރޭ އުސޫލަށް ގެނައި ބަދަލުގައިވަނީ ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހުންނަންޖެހެނީ ހެލްތު މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ސިއްހަތުގެ އިންޒާރުގެ ނޯޓިސް ޖަހާފައިކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދުގެ ދަށުން، ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމާ، ސިއްހަތުގެ އިންޒާރު ނުޖަހާ ހުރި ތުންފަތުގެ ބާވަތްތަކުގައި އެ އިންޒާރު ޖަހައި ރަޖިސްޓްރީކުރަން ދީފައިވާ މުއްދަތު މި މަހުގެ 28 ވަނަ ދުވަހަށް ހަމަވާއިރު އެޗްޕީއޭއިން މި ވަނީ އަނެއްކާވެސް އެ މުއްދަތު އިތުރުކޮށްފައެވެ.