ނެސްލޭގެ "އެސްއެމްއޭ" ފޯމިއުލާގެ ބައެއް ބެޗުތަކުން ވިހަ މައްދާއެއް ފެނުމާ ގުޅިގެން ވިއްކުން މަނާކޮށްފި
ދަޕްރެސް
8 ޖެނުއަރީ 2026 | ބުރާސްފަތި | 8:56
ނެސްލޭ އިން އުފައްދާަފައިވާ "އެސްއެމްއޭ" މަރުކާގެ އިންފެންޓް ފޯމިއުލާ އާއި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗުތަކުން 'ސެރެއުލައިޑް' ކިޔާ ވިހަ މާއްދާއެއް ފެނިފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ބުނީ ނެސްލޭއިން އުފައްދާފައިވާ "އެސްއެމްއޭ" މަރުކާގެ އިންފެންޓް ފޯމިއުލާ އާއި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗުތަކުން އެ ވިހަ މާއްދާ ފެނިފައިވާތީ، އެ ތަކެތި ބާޒާރުން ނެގުމަށް ނިންމާފައިވާކަން، އެ ކުންފުނިން އިއުލާން ކޮށްފައިވާ ކަމަށެވެ.
"ސެރެއުލައިޑް"އަކީ ބެސިލަސް ސީރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއަކަށްވާއިރު، އެ މާއްދާ އިން ތަޣައްޔަރު ވެފައިވާ އެއްޗެއް ބޭނުން ކުރެވިއްޖެ ނަމަ މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ދިމާވެއެވެ. ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެށިގެން އެ އުފެެއްދުންތައް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އެމްއެފްޑީއޭ އިން ވަނީ މަނާކޮށްފައެވެ.