ޖޭއެސްސީގައި ހައިކޯޓު ތަމްސީލުކުރައްވާ ފަނޑިޔާރަކަށް ހަސަން ޝަފީއު ހަމަޖައްސައިފި
ދަޕްރެސް
8 ޖެނުއަރީ 2026 | ބުރާސްފަތި | 10:25
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހައިކޯޓު ތަމްސީލުކުރައްވާ ފަނޑިޔާރަކަށް، އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ހަމަޖައްސަން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާ ކޮމިޝަންގެ މެންބަރުކަމަށް ފަނޑިޔާރު ޝަފީއު އައްޔަންކުރީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށެވެ.
މިއަދު ހައިކޯޓުން، ޝަފީއު ޖޭއެސްސީއަށް އިންތިހާބު ކުރިނަމަވެސް، ޝަފީއު ޖޭއެސްސީއަށް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.