އުމުރަށް ޖަލަށްލި ޝަހީބު ހައި ކޯޓަށް: މައްސަލަ ބަލައިގެންފި

ދަޕްރެސް

9 ޖެނުއަރީ 2026 | ހުކުރު | 4:41

ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތުވެ، އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހީމްގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.

ޝަހީބުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއަކާއި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާއެއް ސާބިތުވެ، 25 އަހަރަށް ޖަލަށްލުމާއެކު، ދިހަ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމް އިއްވީ، މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ޝަހީބު އުމުރަށް ޖަލަށްލުމަށް ކުރި ހުކުމުގެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އަދި މިހާރު ހައިކޯޓުންވަނީ މި މައްސަލަ ބަލައިގެންފައެވެ.

2020 ވަނަ އަހަރު ކަނޑުމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ޝަހީބުގެ އިތުރުން 7 މީހަކު ހައްޔަރުކުރި ނަމަވެސް ފަހުން އެ އެންމެން ވަނީ ދޫކޮށްލާފައެވެ. އެ މައްސަލައިގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވި ޝަހީބުގެ އިތުރުން ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާ، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ މައްޗަށެވެ.

މައުޟޫޢުތަށް