ހުޅުމާލެ ފޭސް1ގެ ކެފޭއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި
ދަޕްރެސް
10 ޖެނުއަރީ 2026 | ހޮނިހިރު | 9:27
ހުޅުމާލެ ފޭސް1ގެ ކެފޭއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ "ބްރަންޗް ހައުސް" ކެފޭގައި ރޭ އަލިފާން ރޯވެފައިވާ ކަމަށާއި، މި އަލިފާންގަނޑު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ނިއްވާލާފައިވާކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް ރޭ 00:58 ހާއިރު އެމްއެންޑީއެފް އަށް ލިބިފައިވާކަމަށާއި، އެއާއެކު ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ.