ލޯކަލް ކައުންސިލް އިންތިހާބު: އަތޮޅުތެރޭގައި އޮފިޝަލުން ތަމްރީނުކުރަން މާދަމާ ފަށަނީ

ދަޕްރެސް

11 ޖެނުއަރީ 2026 | އާދިއްތަ | 9:26

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަތޮޅުތެރޭގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް މިއަދުން ފެށިގެން ކުރިއަށް ގެންދިއުމަށް ޓްރެއިނަރުން އަތޮޅުތަކަށް ދަތުރުކުރަން ފަށާފައިވާކަމަށެވެ. އެގޮތުން އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތުގައި ޖުމްލަ 95 ޓްރެއިނަރުން މާލެ އާއި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނީ މާލޭ ސަރަހައްދުގައި އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މިމަހުގެ 15 ވަނަ ދުވަހު ފަށާނެ ކަމަށާއި، މި ތަމްރީނުތަކުގައި ވޯޓުލާ ދުވަހު މަރުކަޒުތަކުގައި ކަންކަން ކުރިއަށްގެންދަންވީ ގޮތާއި، ވޯޓުލާން އަންނަ މީހުންނަށް މަޢުލޫމާތު ދޭނެ ގޮތުގެ އިތުރުން ވޯޓުލާ ނިމުމުން އަމަލުކުރަންވީ ގޮތާއި ވޯޓުގުނުމުގެ ކަންކަން ދަސްކޮށްދެވިގެންދާނެ ކަމަށެވެ.

މައުޟޫޢުތަށް