ޓްރަމްޕްގެ ލޯ ވެނެޒުއޭލާއިން 100 ބިލިއަން ޑޮލަރުގެ ތެޔޮ ވިއްކަން!

ދަޕްރެސް

11 ޖެނުއަރީ 2026 | އާދިއްތަ | 11:41

މި ޖެނުއަރީމަހުގެ 3 ވަނަ ދުވަހުގެ ރޭ ދަންވަރު ވެނެޒުއޭލާއަށް އަރާ އެގަމުގެ ރައީސް ވަގަށް ނެގުމަށް ފަހު 100 ބިލިއަން ޑޮލަރުގެ ތެޔޮ ވިއްކަން ޓްރަމްޕް އަމާޒު ހިއްޕަވައިފިއެވެ.

ވައިޓްހައުސްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ، ވެނެޒުއޭލާގެ ތެލުގެ ވިޔަފާރީގައި އިންވެސްޓް ކޮށްގެން އުޅޭ ފަރާތްތަކާއި އިންވެސްޓް ކުރެވިދާނެ ފަރާތްތައް ވައިޓްހައުސް އަށް ގެންދަވާ ޓްރަމްޕް ބައްދަލު ކުރައްވާފައި ވާ ކަމަށެވެ. އޭގެ ތެރޭގައި ތެޔޮ ނެގުމުގައި ވެނެޒުއޭލާގައި މިހާރު ހަރަކާތްތެރިވާ އެމެރިކާގެ ޗެވްރޮން އާއި ސްޕެއިންގެ ކުންފުންޏެއް ކަމަށް ވާ ރެޕްސޮލް އާއި އިޓަލީވިލާތުގެ ކުންފުންޏެއް ކަމަށް ވާ އެނީގެ ވެރިންވެސް ހިމެނެއެވެ.

މި ބައްދަލުވުމުގައި މީގެ ކުރިން ވެނެޒުއޭލާގައި އިންވެސްޓްކޮށްގެން އުޅުނު އެކްސޮންސްގެ ސީފް އެގްޒެކެޓިވް ޑެރެން ވްޑްސް ވެސް ބައިވެރިވި ކަމަށާއި އަލުން ވެނެޒުއޭލާގައި އިންވެސްޓް ކުރުމާމެދު ވިސްނަން ޖެހޭކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ ބުނީ، ވެނެޒުއޭލާގައި އިންވެސްޓް ކޮށްގެން އުޅެނިކޮށް މީގެ ކުދިން ދެފަހަރަކަށް އޭނާގެ ކުންފުނީގެ އެސެޓް އެގައުމުން ހިފެހެއްޓި ކަމަށާއި އިންވެސްޓްމަންޓަށް ރައްކާތެރިކަން ގެރެންޓީ ނުކުރެވި 3 ވަނަ ފަހަރަށް އެ ގައުމަށް ވަނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މައުޟޫޢުތަށް