ރިޔާސީ ބަޔާން އިއްވާ ޖަލްސާ އޮންނާނީ އަންނަ މަހު 5 ގައި

ދަޕްރެސް

11 ޖެނުއަރީ 2026 | އާދިއްތަ | 12:49

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5، ގައި ބާއްވަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަަތަމަ ޖަލްސާ އޮންނާނީ ފެބްރުއަރީ 5، ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ޖަހާއިރު ކަމަށެވެ. މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުން އޮންނައިރު މިއީ އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާނެވެ.

މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. ޗުއްޓީގައި އޮތް ކަމުގައި ވިޔަސް، މަޖިލީހުގެ ދެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވާފައިވާއިރު އިތުރު ޖަލްސާތަކެއް ދައުރުން ބޭރުގައި ބާއްވާނެ ކަމަށް ލަފާ ކުރެވެއެވެ.

މައުޟޫޢުތަށް