އީރާނުގެ ރައްޔިތުންގެ ހައްގުގައި މުޅި އިސްލާމީ އުންމަތާއި ދުނިޔެ ތެދުވުމަށް ނަޝީދު ގޮވާލައްވައިފި
ދަޕްރެސް
11 ޖެނުއަރީ 2026 | އާދިއްތަ | 1:19
އީރާނުގެ ރައްޔިތުންގެ ހައްގުގައި މުޅި އިސްލާމީ އުންމަތާއި ބައިނަލްއަގުވާމީ މުޖުތަމައުތަކުން ތެދުވަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިގުތިސޯދީ ހީނަރުކަމާއި ތަކެތީގެ އަގުބޮޑުވުމުގެ މައްސަލައިގައި އީރާނުގައި މިހާރު މުޒާހަރާ ކުރަމުންދާއިރު، މި މުޒާހަރާތައް ހޫނުވެ އެތަންމިތާނގައި މުޒާހަރާގެ ބައިވެރިން ދަނީ އަލިފާންވެސް ރޯކުރަމުންނެވެ.
މި ހަމަނުޖެހުންތަކުގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ޒަހަމްވެފައި ވާ މީހުންނާއެކު އީރާނުގެ ވެރިރަށާއި އެހެން ބައެއް ސިޓީތަކުގެ ބައެއް ހޮސްޕިޓަލްތައް ފުރިފައިވާ ކަމަށް ހުޅަނގުގެ މީޑިއާ ރިޕޯޓުތައް ވެސް ބުނެއެވެ. ޒަހަމްވި މީހުންގެ ސީދާ ޖުމްލަ އަދަދުތައް އަދި ސާފުވެފައި ނުވި ނަމަވެސް، ވެރިރަށް ތެހެރާނާއި އެހެން ބައެއް ސިޓީތަކުގައި ހަމަނުޖެހުން ހިންގާ އާންމު ބައެއް ތަންތަނާއި ސަރުކާރުގެ ބައެއް އިމާރާތްތަކުގައި ވަނީ އަލިފާން ރޯކޮށްލާފައެވެ.