ސްޓެލްކޯ އެމްޑީގެ މަގާމުން ޝަމާހު ވަކިކޮށްފި
ދަޕްރެސް
11 ޖެނުއަރީ 2026 | އާދިއްތަ | 4:35
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން އަހްމަދު ޝަމާހް ރަޝީދު ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެންބަރު ކަމުގެ މަގާމުން މ. ސިސްކަން، އަހްމަދު ޝަމާހް ރަޝީދު މިއަދުން ފެށިގެން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކި ކުރި ސަބަބެއް ހަމައެއް ނުކުރެއެވެ.
ޝަމާހް ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ކުރިން އެ މގާމުގައި ހުންނެވެި ހުސެއިން ފަހުމީ އެ މަގާމުން ވަކި ކުރުމަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.