ރަން ފުރުސަތު 2026: ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު

ދަޕްރެސް

11 ޖެނުއަރީ 2026 | އާދިއްތަ | 3:47

މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށް 'ރަން ފުރުސަތު' 2026 ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 އިން އަންނަ މާޗް މަހުގެ 16 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން މި މުއްދަތުގައި ވިޔަފާރި ކޮށްގެން ކޮންމެ ހަފްތާއަކު އިނާމު ހޯދުމުގެ ފުރުސަތު އަދި ޕްރޮމޯޝަން ނިމުމުން ގްރޭންޑް ޕްރައިޒް ހޯދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ބީއެމްއެލް އިން ބުނީ، މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ބީއެމްއެލް ކާޑު މެޝިން، ސްޓެޓިކް ކިއުއާރު ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް އެކަނި ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ރަން ފުރުސަތު ޕްރޮމޯޝަން ކުރިއަށް ގެންދާ ފިހާރަތަކުގެ ލިސްޓުގެ ތެރެއިން ހިމެނޭ ފިހާރަތަކުގެ ލިސްޓުން ފިހާރަައަކުން ވިޔަފާރިކޮށްގެންނެވެ.

މައުޟޫޢުތަށް