ދިއްދޫ އިން 21 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ: އެމްއޭސީއެލް

ދަޕްރެސް

11 ޖެނުއަރީ 2026 | އާދިއްތަ | 5:15

ހ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން 21 ހެކްޓަރުގެ ބިން ހިއްކައި، 18.75 ޕަސެންޓްގެ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ބުނީ، މި މަޝްރޫއުގެ ބިން ހިއްކުމަށް ބޭނުން ކުރަނީ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާ ކަމަށްވާ ލެއިވް އެރިކްސަން ކަމަށެވެ.

"ލީވް އެރިކްސަން" ނަމަކަށް ކިޔާ މި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކީ އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ ޑްރެޖަރެއް ވެސް މެއެވެ. އަދި މިއީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މައުޟޫޢުތަށް